މާރިޗު 2023 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

މާރިޗު 2023 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ވަނީ ޖުމްލަ 206 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 98 މައްސަލަ މާރިޗު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 29 މައްސަލައެއް ވަނީ މާރިޗު 2023 ގައި ހުށަހެޅިފައެވެ.
  • މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއި ކުރުން) 1 މައްސަލަ އަދި ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ އެއް މާރިޗު މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ.

  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 13 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 9 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 6 މައްސަލަ، އަދި މުދާ ހިފެއްޓުމާއި / މުދަލަށް ގެއްލުންންދިނުމުގެ 1 މައްސަލަ މާރިޗު މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 18 މައްސަލައެއް މާރިޗު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 13 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 4 މައްސަލަ، އަދި ހަޟާނާތުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

 

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ މާރިޗު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ 3 މައްސަލަ މާރިޗު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 25 މައްސަލަ މާރިޗު މަހު މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ.
  • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 18 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 7 މައްސަލައެވެ.

 

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

  • އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ މައްސަލައެއް މާރިޗު މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅިފައެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 16 މައްސަލައެއް މާރިޗު މަހު ވަނީ ހުށަހެޅިފައެވެ.
  • އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 8 މައްސަލަ، ސުލޫކީ މައްސަލައިގެ 3 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލަ، ރުޅިއިސްކުރުން ނުވަތަ ރުޅިގަދަވެ އުޅުމުގެ 2 މައްސަލަ އަދި ފުރައްސާރަކުރުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

 

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

  • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައެއް މާރިޗު މަހު މިނިސްޓްރީއަށްވަނީ ހުށަހެޅިފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 3 މައްސަލައާއި ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުނުމުގެ 1 މައްސަލަ ހިމެނެއެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • މާރިޗު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 186 އެވެ.
  • މާރިޗު މަހުގައި ދައުލަތަށް އަލަށް 3 ކުއްޖަކު ނެގިފައިވެއެވެ. މީގެ އިތުރުން 2 ކުއްޖަކު ފޮސްޓަރ ކޮށް، 1 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައި ވެއެވެ.

05 ޝައްވާލު 1444

25  އޭޕްރީލް 2023

Leave a Reply

Your email address will not be published. Required fields are marked *