ޑިސެމްބަރު 2020ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޑިސެމްބަރު 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 231 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 108 މައްސަލަ ޑިސެމްބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 37 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުގެ 22 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ފެނުން ނުވަތަ ދެއްކުމުގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 12 މައްސަލަ، އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ، ކުދިން ދޫކޮށްލާފައި ދިޔުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލަ އަދި ނަހަމަގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ 1 މައްސަލަ ހިމެނެއެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 7 މައްސަލަ ޑިސެމްބަރު މަހު ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުމުގެ 4 މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ 3 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލަ ޑިސެމްބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 11 މައްސަލައާއި ޢުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލައެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ މައްސަލަތައް

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 8 މައްސަލަ ޑިސެމްބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސްއެޅުމުގެ 9 މައްސަލަ އަދި އައި.ޑީ ކާޑު / އުފަންދުވަހުގެ ސެޓްފިކެޓް / ފާސްޕޯޓު ނުހެއްދުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުށް ކުރާ ކުދިންގެ މައްސަލަތައް

  • އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 7 މައްސަލަ ޑިސެމްބަރު މަހު ވަނީ ހުށަހަޅައިފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމާ ގުޅޭ 4 މައްސަލަ، ތަންތަނާއި ތަކެއްޗަށް ގަސްދުގައި ގެއްލުން ދިނުމުގެ 1 މައްސަލަ، ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ 1 މައްސަލަ އަދި ކުޑަކުއްޖަކު ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި 1 މައްސަލަ ހިމެނެއެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ 29 މައްސަލަ ޑިސެމްބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 19 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ ޑިސެމްބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 18 މައްސަލައެވެ.
  • މީގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލަ، ޖިންސީ ހާނިއްކައިގެ 6 މައްސަލަ، ބިރުދެއްކުމުގެ 2 މައްސަލަ، މާލީ ފުދުންތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ 1 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 7 މައްސަލަ ޑިސެމްބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 3 މައްސަލަ، އަމިއްލައަށް މަރުވާން ޚިޔާލު އައުމުގެ 2 މައްސަލަ އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 2 މައްސަލަ ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ނޮވެންބަރު މަހު ދައުލަތުގެ ބެލުމުގެ ދަށަށް 10 ކުދިން ނެގިފައިވޭ އަދި 01 ކުއްޖަކު ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.
  • ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ ޢަދަދަކީ 219 އެވެ.

 

 

13   ޖުމާދަލްއާޚިރާ 1442

27  ޖަނަވަރީ 2021

Leave a Reply

Your email address will not be published. Required fields are marked *