ނޮވެންބަރ 2022 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ނޮވެމްބަރ 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 252 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 107 މައްސަލަ ނޮވެންބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 28 މައްސަލައެއް ނޮވެންބަރ 2022 ގައި ރިޕޯޓުކޮށްފައިވެއެވެ.
  • މީގެ އިތުރުން ޖިންސީ ހާނިކައިގެ 25 މައްސަލަ، ޖިސްމާނީ ހާނިކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން – ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ، ކުޑަކުދިނަނަށް ޖިންސީ ގްރޫމިންގ ކުރުމުގެ 2 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގްރޫމިންގ ކުރުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 50 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 21 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 10 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ، މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 2 މައްސަލަ އަދި ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ ވަނީ ނޮވެންބަރ މަހު މިނިސްޓްރީ އަށް ހުށަހެޅިފައެވެ.

 

ޢާއިލީ މައްސަލަތައް

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 18 މައްސަލައެއް ނޮވެންބަރ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައު ކުދިން ބެލުމުގައި ޖެހޭ 8 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 5 މައްސަލަ އަދި ހަޟާނާތުގެ 5 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

 

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 25 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 18 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެކެވެ.

 

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

  • ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމާއި ގުޅޭ 2 މައްސަލައެއް ނޮވެންބަރ މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅިފައެވެ.

 

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 20 މައްސަލައެއް ނޮވެންބަރ މަހު ވަނީ ހުށަހެޅިފައެވެ.
  • އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ، ސުލޫކީ 4 މައްސަލަ، ރުޅި އިސްކުރުމާއި/ ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 2 މައްސަލަ، އެހެން ކުދިންނަށް ގާނާ ކުރުމުގެ 2 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލަ އަދި އެހެން ކުދިންނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާ ކުރުރުމުގެ 1 މައްސަލަ ހިމެނެއެވެ.

 

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 5 މައްސަލަ ނޮވެންބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 2 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 1 މައްސަލަ، އައިޑީ ކާޑު ޕާސްޕޯޓް ފޯރުކޮށްނުދިނުމުގެ 1 މައްސަލަ އަދި ސިއްޙީ ފަރުވާ ފޯރުކޮށް ނުދިނުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

 

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި ނޮވެންބަރ މަހު ހުށަހެޅިފައިވަނީ 3 މައްސަލައެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ނޮވެމްބަރ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 189 އެވެ.
  • ނޮވެމްބަރ މަހުގައި ދައުލަތަށް އަލަށް 7 ކުއްޖެއް ނެގިފައިވާއިރު، 1 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި އަދި 18 އަހަރު ފުރުމާއި ގުޅިގެން 1 ކުއްޖަކަށް ވަޒީފާ ހޯދަދެވިފައިވެއެވެ.

 

 

16 ޖުމާދުލްއާޚިރާ 1444

08 ޖެނަވަރީ 2023

Leave a Reply

Your email address will not be published. Required fields are marked *