ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ހިންގުމަށްޓަކައި މިނިސްޓްރީން ދެ ޖަމުޢިއްޔާއަކާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ޕާރޓްނަރޝިޕް އުސޫލުން ތަފާތު ހަރަކާތްތައް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދެވެ. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އިފްހާމް ޙުސެއިންއެވެ. އަދި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕަރސަން އާއިޝަތު ޝިފާއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ދެ އެމް.އޯ.ޔޫގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް އަމާޒުކޮށްގެން މާލެއާއި އަތޮޅުތެރޭގައި ތަފާތު ހަރަކާތްތައް ހިންގައި، ނުކުޅެދުންތެރިކަމާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމެވެ.

އިޖުތިމާޢީ ރައްކައުތެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީގެ ޕާރޓްނަރުންގެ ގޮތުގައި މި ދެ ޖަމުޢިއްޔާއިން އެއްބާރުލުން ދީފައިވާތީ، އެ ކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. އަދި ކުރިމަގުގައި އަމިއްލަ ޖަމުޢިއްޔާތަކާއި ކުންފުނިތައް، އަދި މި ނޫންވެސް ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މިނިސްޓްރީން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

02 ރަޖަބް 1439

19 މާރިޗު 2018

Leave a Reply

Your email address will not be published. Required fields are marked *