ފ.ނިލަންދޫއަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް އިއްޔެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ނިލަންދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ސެންޓަރުގެ މުވައްޒަފުންނާ ވާހަކަދެއްކެވިއެވެ.

 މީގެ އިތުރުން، ފ.އަތޮޅު ކައުންސިލާއި، ހެލްތު ސެންޓަރާއި ޕޮލިސް ސްޓޭޝަން، އަދި ނިލަންދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި، މިނިސްޓްރީއާއި އެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކޮމިޓީގެ މަސައްކަތްތައް އޮޅުންފިލުއްވައި، ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

04 ރަބީޢުލްއައްވަލް 1439

22   ނޮވެންބަރު  2017

Leave a Reply

Your email address will not be published. Required fields are marked *