“މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަން” މި ނަމުގައި މިނިސްޓްރީގެ ފަރާތުން ކެބިނެޓަށް ސެޝަނެއް ކުރިއަށް ގެންގޮސްފި

“މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަން” މި ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކެބިނެޓަށް މަޢުލޫމާތު ޙިއްޞާކުރުމުގެ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ސެޝަންގައި މިންތީގެ ހަމަހަމަކަންކަމާ ގުޅުން ހުރި މަފްހޫމުތަކާއި، ގުޅުން ހުރި ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ އިތުރުން، މިންތީގެ ނަޒަރިއްޔާތުން ވިސްނުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައިފައިވެއެވެ.

މި ސެޝަންގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝިރާނީ ނަޢީމް އަދި އެސިސްޓަންޓް ޑިރެކްޓަރ އިބްރާހީމް މުޙައްމަދުއެވެ.

ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އަންނަނީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެކި ފަރާތްތަކަށް ހިންގަމުންނެވެ. އެ ގޮތުން، ދައުލަތުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށް ވެސް މި ފަދަ ޕްރޮގްރާމްތައް ހިންގިފައިވެއެވެ.

16 ޖުމާދަލްއޫލާ 1440

22  ޖަނަވަރީ  2019

Leave a Reply

Your email address will not be published. Required fields are marked *