މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވާރކަރުންނަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެންގުއެޖް ޓްރެއިނިންގ ކޯހެއް ފަށައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވާރކަރުންނަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެންގުއެޖް ޓްރެއިނިންގ ކޯހެއް ވަނީ 29 ޖަނަވަރީ 2017ގައި ފަށާފައެވެ. 9 ފެބްރުއަރީ 2017 އާއި ހަމައަށް ކުރިއަށްދާ މި ކޯހުގެ ފުރަތަމަ ބެޗްގައި މިނިސްޓްރީގެ 28 މުވައްޒަފުން ބައިވެރިވެއެވެ.

މި ކޯސް ފެށުމުގެ ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ ދެއްކެވި ވާހަކަފުޅުގައި، “ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާ ކުރުމާއި އިހުމާލުވުމުގެ ގިނަ މައްސަލަތައް މިނިސްޓްރީއަށް ކޮންމެ މަހަކުވެސް ހުށަހަޅާކަމަށާއި، އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ސޯޝަލް ސަރވިސް ވަރކަރުންނަށް އަމާޒުކޮށް، މިފަދަ ޓްރެއިނިންގ ކޯހެއް ހިންގުމަކީ މިދާއިރާއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް” ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހިންގުމަށް ހަމަޖެހިފައިވާ ސިލްސިލާ މި ތަމްރީންތަކުގެ ދެވަނަ ބެޗްގައި މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ 100 ފަރާތަށް މާލެ އާއި އަތޮޅުތަކުން މިދިޔަ ޑިސެމްބަރު މަހު ވަޒީފާ ދެއްވާފައިވާ ފެނަކަ ކޯޕަރޭޝަންގެ ކަމާބެހޭ މުވައްޒަފުންވެސް މި ކޯހުގައި ބައިވެރިވާގޮތަށް މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.

01 ފެބްރުއަރީ 2017

Leave a Reply

Your email address will not be published. Required fields are marked *