މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ފިޔަވަތީގެ 1 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީއިން ވަނީ މިދިޔަ ހަފްތާގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށާއި މުވައްޒަފުންނަށް ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި މި ހަރަކާތްތައް ނިންމާލާފައިވަނީ އެސް.ޓީ.އޯ.ގެ ފަރާތުން ފިޔަވަތީގައި ޤާއިމްކޮށްދީފައިވާ އައުޓްޑޯ ޕްލޭގްރައުންޑް ހުޅުވުމުގެ ރަސްމިއްޔާތުންނެވެ.

ދަޢުލަތުގެ ބެލުމުގެދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮކަމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މިނިސްޓްރީއިން ޙާއްސަ އިސްކަމެއްދޭކަމެކެވެ. މިގޮތުން، 2016 ވަނަ އަހަރު ފިޔަަވަތި ހުޅުވުމަށްފަހު މިމަރުކަޒުގައި ދިރިއުޅޭ ކުދިން ބިނާކުރުމަށްޓަކާ އަދި އެކި ފުރުސަތުތައް ކުދިންނަށް ހޯދައިދިނުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާ ގުޅިގެން މިނިސްޓްރީއިން ދަނީ ކުރަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި:

  • ކުދިންގެ ޞިއްޙީ ކަންތައްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މެޑިކަލް ރޫމެއް ޤާއިމްކޮށް، ނަރުހުންގެ ޙިދުމަތް ފިޔަވަތީގައި ފޯރުކޮށްދިނުމާއި ފިޔަވަތީގައި ދިރިއުޅޭ ހުރިހާ ކުދިންގެ ހެލްތް ސްކްރީނިންގ ހެދުން.
  • ކުދިންނަށް ތަޢުލީމީގޮތުން ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޓީޗަރުންގެ ޙިދުމަތް ފިޔަވަތީގައި ފެށުމާއި، އިސްލާމް، ޤުރުޢާން އަދި އިންގިރޭސި ބަހުގެ ކްލާސްތައް ފެށުން.
  • ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދޭން ފެށުން.
  • ކުދިންގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަން ރަނގަޅުކުރުމުގެ ގޮތުން ބާސްކެޓްބޯޅަ ތަމްރީންތަކާއި މޫދު ކުޅިވަރުތަކުގައި ކުދިން ބައިވެރިކުރުން.

17 ފެބްރުއަރީ 2016 ވަނަ ދުވަހު ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި މެޑަމް ފާތިމަތް އިބްރާހީމް އިފްތިތާޙްކޮށްދެއްވާފައިވާ މިމަރުކަޒުގައި މިހާރު 10 އަހަރުން ދަށުގެ 85 ކުދިން ދިރިއުޅެއެވެ.

28 ފެބްރުއަރީ 2017

Leave a Reply

Your email address will not be published. Required fields are marked *