އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ދައްކައިލުމުގެ ގޮތުން ބާއްވާ މައުރަޒު “އާޓް އޮފް މައިންޑް 2018” މިއަދު ފަށައިފި

އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ދައްކައިލުމުގެ ގޮތުން ދެ ދުވަހުގެ މުއްދަތަށް ބާއްވާ “އާޓް އޮފް މައިންޑް 2018” މައުރަޒު މިއަދު ފަށައިފިއެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ތަރައްޤީކޮށް، މުޖުތަމަޢުގައި އެ ކުދިންގެ ޙިއްޞާއާއި ބައިވެރިވުން އިތުރުކޮށް، މި ދާއިރާގެ ފަންނީ މީހުންގެ އެހީތެރިކަން އެ ކުދިންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މި މައުރަޒު އިންތިޒާމުކުރީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެންނެވެ.

މި މައުރަޒު ހުޅުވިފައި ހުންނާނީ މި މަހުގެ 9އިން 10އަށް، ހެނދުނު 10އިން ހަވީރު 6އަށް، އަދި ރޭގަނޑު 8އިން 10އަށް، ނެޝަނަލް އާޓް ގެލެރީ ހޯލްގައެވެ.

މި މައުރަޒުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ހުޅުމާލޭގައި ހިންގާ މޯލްޑިވްސް އޯޓިޒަމް ސެންޓަރުން ޚިދުމަތް ހޯދަމުންދާ 2 އަހަރާއި 13 އަހަރާ ދެމެދުގެ 79 ދަރިވަރުންގެ ހުނަރުވެރި ކުރެހުންތައް ފެނިގެންދާނެއެވެ. އަދި މި ތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ވެސް ވަނީ ހުޅުވައިލެވިފައެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން މި ފަދަ 3 މައުރަޒެއް މީގެ ކުރިން އިންތިޒާމުކޮށްފައިވާއިރު، މިއީ ޢާންމުންނަށް ހުޅުވައިލައިގެން ބާއްވާ ފުރަތަމަ މައުރަޒެވެ.

29  ޛުލްޙިއްޖާ  1439

09 ސެޕްޓެންބަރު 2018

Leave a Reply

Your email address will not be published. Required fields are marked *