އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް ވ.އަތޮޅުގައި ސެޝަންތަކެއް ހިންގައިފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން “އަހަން” ކެމްޕޭންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވ.އަތޮޅުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން “އަހަން” ކެމްޕޭންގެ ދަށުން 122 ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވ.އަތޮޅުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ.

މި ސެޝަންތައް އަމާޒުކޮށްފައިވަނީ 4ން 8އާ ދެމެދުގެ ގްރޭޑްތަކުގެ ކިޔަވާ ކުދިންނަށް ކަމުގައިވާތީ، މި މަހުގެ 27އިން 28އަށް ސެޝަންތައް ހިންގިފައިވަނީ މި ގްރޭޑްތަކަށް ކިޔަވައިދޭ ރަށްތައް ކަމުގައިވާ ވ.އަތޮޅު ފުލިދޫ، ފެލިދޫ އަދި ކެޔޮދޫގައެވެ.

މި ސެޝަންތަކުގައި އެކި ބާވަތުގެ އަނިޔާއާއި އިހުމާލުން ކުޑަކުދިން ރައްކައުތެރިކުރާނެ ގޮތްތަކާއި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ ޢަމަލުކުރާނެ ގޮތްތާއި، މައްސަލަ ރިޕޯޓުކުރެވޭނެ ގޮތްތަކުގެ އިތުރުން، އަނިޔާ ތަޙައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ. 

މި ސެޝަންތަކަކީ މިނިސްޓްރީން ކުރިއަށްގެންދާ “އަހަން” ކެމްޕޭންގެ ދަށުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މިނިސްޓްރީއަށް ކޮންމެ މަހަކު ރިޕޯޓުކޮށް އެޓެންޑްކުރާ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައްކަމުން، 2015ވަނަ އަހަރު މިނިސްޓްރީން އިފުތިތާހުކުރި “އަހަން” ކެމްޕޭން އަމާޒުކުރެވިފައިވަނީ މި ބާވަތުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށެވެ. މި ކެމްޕޭންގެ ދަށުން މ.އަތޮޅާއި ގދ.އަތޮޅުގެ ހުރިހައި ރަށަކާއި ހދ.ކުޅުދުއްފުށީގައި ވަނީ ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގައިފައެވެ.

17 ޝައްވާލް 1439   

01  ޖުލައި  2018

Leave a Reply

Your email address will not be published. Required fields are marked *