ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް (ސީ.އާރު.ޕީ.ޑީ)ގެ ދަށުން ދިވެހިރާއްޖޭން ހުށަހަޅަން ޖެހޭ ‘އިނީޝިއަލް ރިޕޯޓު’ އދ.އަށް ހުށަހަޅައިފި

ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް (ސީ.އާރު.ޕީ.ޑީ)ގެ ދަށުން 05 މެއި 2012ގައި ދިވެހިރާއްޖޭން ހުށަހަޅަން ޖެހޭ ‘އިނީޝިއަލް ރިޕޯޓު’، އދ.ގެ ކޮމިޓީ އޮން ޕަރސަންސް ވިތް ޑިސްއެބިލިޓީއަށް ސަރުކާރުން މިއަދު ހުށަހަޅައިފިއެވެ.

މި ރިޕޯޓަކީ މުއާހަދާގައި ބަޔާންކުރާ ޙައްޤުތަކުގެ ޙާލަތު ދިވެހިރާއްޖޭގައި އޮތް ގޮތް ބަޔާންކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. އެގޮތުން، ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނުތަކާއި ގަވާއިދުތައް، އަދި ސިޔާސަތުތައް ތަންފީޛުކުރެވެމުން ދާ މިންވަރާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޢާންމު ފަރުދުންނެކޭ އެއްހަމައެއްގައި އެއްވެސް ތަފާތުކުރުމެއްނެތި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމަކުރެވިފައިވާ މިންވަރު ވަނީ ބަޔާންކޮށްދެވިފައެވެ.

މީގެ އިތުރުން މި ދާއިރާއިން ދިވެހިރާއްޖޭން ހާސިލުކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ދައުލަތުން އިސްނަގައިގެން 2010ވަނަ އަހަރުން ފެށިގެން ހިންގާފައިވާ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ތަފުސީލު ވެސް މި ރިޕޯޓުގައި ހިމެނެއެވެ.

ދިވެހިރާއްޖޭން ސީ.އާރު.ޕީ.ޑީ ތަޞްދީޤުކުރީ 05 އޭޕްރީލް 2010ގައެވެ.

28 މުޙައްރަމް 1440ަ

08 އޮކްޓޫބަރު  2018ަ

Leave a Reply

Your email address will not be published. Required fields are marked *