ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ދެއްވާ މެސެޖް

ތާރީޚް
މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ އާއިލާތަކުގެ ދުވަސް. އާއިލާތަކުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އާއިލާތަކަށް އަސަރުކޮށްފާނެ އިޖްތިމާއީ، އިގްތިސާދީ އަދި އާބާދީ އާ ގުޅުންހުރި ކަންކަމާ މެދު މުޖްތަމައުގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ އަދި ބަދަހި އާއިލާތަކެއް ބިނާކުރުމަށް ބޭނުންވާ މުހިއްމުކަންކަމާ މެދު ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތުން މުޅި މުޖުތަމައު ހޭލުންތެރިކުރުވުން. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އާއިލާތަކުގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ ވަރަށް ގިނަ…

ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު މިހާރު ބައްޓަންކުރެވެމުން ދަނީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް، ޢާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށް – މިނިސްޓަރ ޝިދާތާ

ތާރީޚް
ސަރުކާރުގެ އަމާޒަކީ މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީކުރުމެއް ނެތި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުން ކަމަށާއި، އަދި އެކަން މިހާރު ބައްޓަންކުރެވެމުން ދަނީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް، ޢާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ފަރާތުން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި…

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވާ ޚިޠާބު

ތާރީޚް
އައްސަލާމުޢަލައިކުމް. މިއަދަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަސް! މި ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރާއްޖޭގެ އެންމެހާ ކުޑަކުދިންނަށް ފޮނުވަން! އަދި މި ދުވަސް މި އަހަރު ފާހަގަކުރެވިގެން މި ދަނީ ބަރަކާތްތެރި ރަމަޟާން މަހުގައި ކަމުން، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު މިންވަރު ކުރެއްވުން އެދި ދުޢާކުރަން. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "ކުޑަކުދިން ބާރުވެރިކުރުވުން". ކުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވާ…

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް 2019

ތާރީޚް
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމަ އަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެ ކަލޭގެފާނުގެ އާލު އަސްޙާބުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު. ކެބިނެޓުގެ މެންބަރުން. ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ބޭރުގެ ސަފީރުން. ކ.މާފުށީ ކައުންސިލްގެ މެންބަރުން. މި ޖަލްސާގެ އެންމެހާ އިއްޒަތްތެރިން. ދުރާއި ގާތުން މި ޖަލްސާ ބައްލަވާ، އަޑު އައްސަވަމުން…

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ 16 ދުވަހުގެ ހަރަކާތްތައް އިފުތިތާހުކުރުން

ތާރީޚް
بســم اللّـه الرّحمـن الرّحيــم އިންސާނީ ޙައްޤާއި ކަރާމާތް މަތިކުރެއްވި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހަޞްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އަންހެނުންގެ ޙައްޤުތަކަށް ކަމޭ ހިތުމުގެ ރިވެތި މިސާލު ދެއްކެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ސަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެ ކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން. السّــلام عليــكم ورحـمــة اللّـه وبـركاتـه. އާދެ! ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 25ން ފެށިގެން ޑިސެންބަރު މަހުގެ 10އަކީ "ސިކްސްޓީން ޑޭޒް…